ފަތުރުވެރިކަން

އެމެރިކާއިން ދިވެރާއްޖެއަށް ދަތުރުފަތުރު ކުރުމުގެ ނުރައްކާތެރިކަން އަންގައިދޭ “ފަތުރުމާސީ”އެއް ނެރެފި

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި ހަވާލާދީ  ސަންޑޭޓައިމްސް.ޔޫކޭ ގައި ރިޕޯޓް ކޮށްފައިވާ ގޮތުން ދިވެހިރާއްޖެ އަށް ފަތުރުވެރިން ދަތުރުކުރުމުގައި ހުރިނުރައްކާ ދޭހަކޮށް އިލްތިމާސެއް ވަނީ ނެރެފައެވެ. މި އިލްތިމާސް ނެރެފައިވާކަށް ވަނީ 11  ޖުލައި ވަނަ ދުވަހު އެމެރިކާ ސަރުކާރުގެ ދަތުރުފަތުރާއި ބެހޭ ރަމްސީ ބެވްސައިޓްގައެވެ.  މިގޮތުން ވަނީ  އިލްތިމާސް ލެވަލް 1 އިން ލެވެލް 2 އަށް މަތިކޮށް ނުރައްކާ އިތުރުވެފައިވާކަން ފާހަގަ ކޮށްފައެވެ.  ހަމަ އެރިޕޯޓާއި ހަވާލާދީ ބުނެފައިވާ ގޮތުން އެއްވެސް އިންޒާރަކާއި ނުލާ ޓެރެރިސްޓް ޖަމާޢަތުން ހަމަލާ އެއްދީފާނެކަމަށް ބެލެވޭ ކަމަށް ލިޔެފައިވެއެވެ.   މީޑީޔާގައި މަސައްކަތް ކުރާ ފަރާތް ތަކަށާއި ، ސިޔާސީ ފަރާތްތަކަށް އަދި މީގެ އިތުރުން އިޖްތިމާޢީ މަސައްކަތްތެރިންނަށް ރައްކާތެރިކަމެއްނެއް އަނިޔާވެރި ހަމަލާއެއްގެ އިންޒާރު ދެމުން ގޮސްފައިވާ ކަމަށް އޯވަސީސް  ސެކިއުރިޓީ  އެޑްވައިސަރީ ކައުންސިލް ( އޯއޭއެސްސީ) އިން ހާމަކޮށްފައިވާކަމަށް  ޓްރެވަލް ޕަލްސް ޑޮޓްކޮމް ގައިވެސް ރިޕޯޓްކޮށްފައިވެއެވެ.

ޓެރަރިޒަމް ގެ ނުރައްކާ  އާއި ގުޅޭ ގޮތުން ޓްރެވަލް އެޑްވައިސަރީ  ( ފަތުރުމާސީ ) އެއް އެމެރިކާއިން ޖުލައި 11 ވަނަ ދުވަހު ރަސްމީ ވެބްސައިޓްގައި ނެރެ ދިވެހި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރުމަކީ ނުރައްކާތެރިކަމެއް ކަމަށް ބަޔާން ކޮށްފައިމިވަނީ  14 ޖުލައި ގައި އެމެރިކާގެ ކުރީގެ ރައީސް ، މިހާރުގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕްގެ ގަޔަށް ބަޑިން ހަމަލާ ދިނުމުގެ ޓެރަރިޒަމް ހަމަލާ ދިނުމުގެ 2 ދުވަސް ކުރިންނެވެ.

LEAVE A RESPONSE

Your email address will not be published. Required fields are marked *